އަލްފާޟިލް ޙަސަން އާދަމް މަނިކު (ސިކުނޑި ޙަސަން މަނިކު)

މ. އެވަރ ޕިންކް / މާލެ ސިޓީ

11 މާރިޗް 1958 - 25 ޖެނުއަރީ 1959

ތައާރަފް

އަލްފާޟިލް ޙަސަން އާދަމް (ސިކުނޑި ޙަސަން މަނިކު) ފުވައްމުލަކު އަތޮޅުގެ އަތޮޅުވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، 1958 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން، ޖޫން މަހުގެ 7 ވަނަ ދުވަހު ރަސްމީކޮށް އޮފީހާ ޙަވާލުވެވަޑައިގަތެވެ.

އެމަނިކުފާނު އޮފީހުގެ ލިޔެކިޔުންތައް ދިރާސާކުރައްވައި، އިޞްލާޙުކުރައްވަން ޖެހޭ ކަންކަން ފާހަގަކުރައްވައި، އުނިކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިގެންނެވިއެވެ. މިގޮތުން، އޮފީހުގައި ޔައުމިއްޔާއެއް ލިޔެވެމުން ނުދާކަން ފާހަގަކުރައްވައި، 1958 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ޔައުމިއްޔާ ލިޔުމުގެ އުޞޫލު ތަޢާރަފުކުރެއްވިއެވެ.

ސިކުނޑި ޙަސަން މަނިކުގެ އަތޮޅުވެރިކަމުގައި އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ. ޚާއްޞަކޮށް ޔައުމިއްޔާ ލިޔުމުގެ އާދަކާދަ ތަޢާރަފުކުރެއްވުމަކީ، އެދުވަސްވަރުގެ ހިންގުމުގެ ނިޒާމަށް ގެނެވުނު އެންމެ މުހިންމު އެއް ކުރިއެރުން ކަމުގައި ފާހަގަކުރެވެއެވެ.

ސިކުނޑި ޙަސަން މަނިކު އަތޮޅުވެރިކަމުގެ މަޤާމުގައި ޚިދުމަތްކުރެއްވީ 10 މަހާއި 14 ދުވަހުގެ މުއްދަތަކަށެވެ. މި ކުރު މުއްދަތުގައިވެސް އެމަނިކުފާނު ގެންނެވި ބަދަލުތަކަކީ، އޭރުގެ އިދާރީ ހިންގުމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމުގައި ދެކެވެއެވެ.

ވީޑިއޯ

އަލްފާޟިލް ޙަސަން އާދަމް މަނިކު ފުވައްމުލަކަށް ވަޑައިގެންނެވީ 6 ޖޫން 1958ގައެވެ. އަދި ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ޙަވާލުވެވަޑައިގެންނެވީ 1958 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ. ސިކުނޑި ޙަސަން މަނިކު" ގެ ނަމުންވެސް މަޝްހޫރުވެފައިވާ ޙަސަން އާދަމް މަނިކަކީ ދިވެހިރާއްޖޭގެ އިދާރީ ހިންގުމުގައި ޚާއްޞަ ހުނަރުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަތޮޅުވެރިކަމުގެ މަގާމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަސްތަކުގައި، ޙަސަން އާދަމް މަނިކު އިސްކަންދެއްވީ އޮފީހަށް އިދާރީ ހަރުދަނާކަން ގެނައުމަށެވެ. އެގޮތުން އޮފީހުގެ ލިޔެކިޔުންތަކުގެ ނިޒާމު ބައްލަވައި، އިދާރީ ހިންގުމުގައި ހުރި އުނިކަންކަން ފާހަގަކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެނައުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވިއެވެ. މިގޮތުން ކުރެއްވި ދިރާސާތަކުން ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ އޮފީހުގެ ދުވަހު ޔައުމިއްޔާއެއް ލިޔެވެމުން ނުދާކަމެވެ. މިކަން އިޞްލާޙުކުރުމަށްޓަކައި 1958 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ޔައުމިއްޔާ ލިޔުމުގެ އުޞޫލު ތަޢާރަފުކުރައްވައި، އެކަމަށް ޚާއްޞަ މުވައްޒަފުން ކަނޑައަޅުއްވައި، އޮފީހުގެ ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ ޙަސަން އާދަމް މަނިކުގެ ވެރިކަމުގެ ދުވަސްވަރު ފުވައްމުލަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރަށުގައި ހިނގި އެންމެ ފުރަތަމަ މުޒާހަރާއެވެ. މި ތާރީޚީ ހާދިސާ ހިނގީ 1959 ވަނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައެވެ. މި މުޒާހަރާގެ އަސްލަކީ މާލެގަން އަވަށުގެ ބީވާއެއް (ރަށުގެ ކަންކަން ބަލަހައްޓާ ފަރާތެއް) އެހެން އަވަށެއްގެ މީހަކަށް ޙަވާލުކުރެވުމުން، މާލެގަން އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަތޮޅުގޭ ގޯތިތެރެއަށް އެއްވެ، އެކަމާ ހިތްހަމަނުޖެހި ހަޅޭއްލަވައި، އެ ބީވާކަން އެމީހާގެ ކިބައިން ވަކިކުރުމަށް ގޮވާލުމެވެ. މި ހާދިސާގައި އަތޮޅުވެރި ޙަސަން އާދަމް މަނިކު ދެއްކެވީ ޙިކުމަތްތެރި ލީޑަރޝިޕެކެވެ. އެމަނިކުފާނު ރައްޔިތުންނަށް އޮޅުންފިލުވައިދެއްވީ ބީވާގެ ޢައްޔަންކުރުމަކީ ނިމިފައިވާ ކަމެއްކަމާއި، އެކަން ބަދަލުކުރުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫންކަމެވެ. އަދި ނުކިޔަމަންތެރިކަން ދައްކާ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށްޓަކައި މާލެ ފޮނުވަންޖެހިދާނެކަމުގެގެ އިންޒާރުވެސް ދެއްވިއެވެ. ނަމަވެސް، މި އިންޒާރުތަކުންވެސް މުޒާހަރާކުރާ ފަރާތްތައް ރޫޅާނުލުމުން، ނިޒާމު ޤާއިމުކުރުމުގެ ގޮތުން މާލެގަން އަވަށުގެ ދެ މީހަކު ވަގުތީގޮތުން ހައްޔަރުކުރެއްވިއެވެ. މި ފިޔަވަޅުގެ ސަބަބުން މުޒާހަރާ ރޫޅި، އެއްވެފައިތިބި މީހުން އެކި ދިމަދިމާއަށް ދާން ފެށިއެވެ. ކަންކަން މަޑުޖެހުމުން، ޙަސަން އާދަމް މަނިކު ހައްޔަރުކުރެވުނު ދެ މީހުންނަށް ނަޞޭޙަތްތެރިވެ، އެފަދަ ކަންކަން ތަކުރާރުނުކުރުމަށް އިރުޝާދު ދެއްވުމަށްފަހު ދޫކޮށްލެއްވިއެވެ. އަލްފާޟިލް ޙަސަން އާދަމް މަނިކުގެ އަތޮޅުވެރިކަމުގެ ދައުރަކީ ކުރު މުއްދަތެއްގެ ދައުރެކެވެ. އެމަނިކުފާނު ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވަނީ 10 މަހާއި 14 ދުވަހުއެވެ. އެއީ 1958 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. އެމަނިކުފާނުގެ ޙަޔާތުގެ ފަހު ދުވަސްވަރު ހޭދަކުރެއްވީ ސްރީލަންކާގައެވެ. އަދި 2001 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް އަވަހާރަވެވަޑައިގެންނެވިއެވެ. މާތްﷲ އެމަރްޙޫމްގެ މައްޗަށް ހް ހެޔޮ ރަޙުމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އާމީން.