ވެޓެރެންސް ފުޓްސަލް މުބާރާތް 2025

event image
ޕަބްލިޝްކުރެވުނު ތާރީޚް: 18 ޖުލައި 2025
ފެށޭ ތާރީޚް: 17 ސެޕްޓެމްބަރ 2025(16:00 - 00:00)

މިމުބާރާތަކީ  2025ވަނަ އަހަރު ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތަކީ ފުވައްމުލަކުގެ އަވަށްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.   މިމުބާރާތުގެ މަޤްސަދަކީ ފުވައްމުލަކުގައި ފުޓްސެލްގެ ރޫޙް އާލާކޮށް ޢުމުރުން ދުވަސްވީ މީހުން ރަނގަޅު ސިއްޙަތެއްގައި ތިބުމަށް ކަސްރަތުގެ މާހައުލަށް އަހުލުވެރި ކުރުމުގެ މަޤްސަދުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ރަވާ ހިންގާ މުބާރާތެކެވެ.  މިމުބާރާތުގައި ފުވައްމުލައް ސިޓީ ގެ އަވަށްތަކާއި، ފުވައްމުލައް ސިޓީ އަށް ނިސްބަތްވާ ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކަށް ބޭނުންވާ އަދަދަކަށް ޓީމްތަށް ބައިވެރުކުރެވޭނެއެވެ. މި މުބާރާތް އާމާޒު ކުރެވިފައިވަނީ މީލާދީ ގޮތުން އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށެވެ.  

ވެޓެރެންސް ފުޓްސަލް މުބާރާތް 2025