ފުވައްމުލަކު ސިޓީ ކައުންސިލް އަށް ބޭނުންވާ ޕްލޭހައުސް އެއް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 25 އޮގަސްޓް 2025
(IUL)468-APS/468/2025/223
ބީލަން ހުށަހެޅުން: 3 ސެޕްޓެމްބަރ 2025(ހެނދުނު 10:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 28 އޮގަސްޓް 2025(ހެނދުނު 11:00)

ފުވައްމުލަކު ސިޓީ ކައުންސިލް އަށް ބޭނުންވާ ޕްލޭހައުސް އެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2025/185 އިޢުލާން އަށް ލިބިފައިވާ ބިޑް ތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. ބޭނުންވެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މީޓިންގް ރޫމް (އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862812

އީމެއިލް: procurement@fuvahmulah.gov.mv

ބީލަމާއިގުޅޭ މައުލޫމާތު

މަސައްކަތް ހަވާލުކުރެވުނު ފަރާތް

Thihunan Investment

79000.92

Binder2.pdf