ކުއްޖާގެ އުފަން ރަޖިސްޓްރީ ކޮށް ރަސްމީ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުން. ދިވެހި ރައްޔިތަކަން ސާބިތުކުރާ ލިޔެކިޔުން ހޯދުމަށާއި ސަރުކާރުގެ އެކިކަހަލަ ޚިދުމަތްތައް ހޯދުމަށް މި ޚިދުމަތް ވަރަށް މުހިންމް.

އަލަށް އުފަންވުން ރަޖިސްޓްރީކޮށް އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން

  • 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެ.
  • އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހެޅުމަކީ އެކުއްޖެއްގެ ބައްޕަ އަދި ބައްޕަ ނެތްނަމަ އެކުއްޖެއްގެ މަންމަ، އަދި މަންމަވެސް ނެތްނަމަ އެކުއްޖެއްގެ އެންމެ ގާތް ބަލަދުވެރިއަކު ކުރަން ޖެހޭނެ ކަމެއް.
  • އުފަންވެގެން އަލަށް އުފަންދުވަހުގެ ރަޖިސްޓްރީ ހަދާ ނަމަ ރަޖިސްޓަރީ ކުރާ ނަމަކީ އިސްލާމިކް މިނިސްޓްރީގެ ނަން ފޮތުގައިވާ ނަމަކަށް ވާންވާނެ. އިސްލާމިކް މިނިސްޓްރީގެ ނަން ފޮތުގައިނުވާ ނަމެއްނަމަ ނަން ފާސް ކުރާ ފަރާތެއް މެދުވެރިކޮށް ނަން ފާސްކުރަން ވާނެ.
  • އަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ފީއަކީ 25 ރުފިޔާ

އުފަންދުވަހުގެ ސެޓްފިކެޓް އާކުރުން ނުވަތަ ގެއްލިގެން ހެއްދުމަށް

  • 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެއެވެ.
  • 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
  • މި ހިދުމަތަށް އެދޭ އިރު އާކުރަން ބޭނުންވާ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު ބޭނުންވާނެ.

މައުލޫމާތު ބަދަލު ވެގެން

  • ޑީއެންއާރް ޕޯޓަލްއަށް ލޮގިންކުރުމަށްފަހު މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހެދުމަށް އެދުން
  • 18 އަހަރުން ދަށުގެ ކުދިންގެ އައޑީކާޑު ހެދޭނީ މަންމަ ނުވަތަ ބައްޕަގެ އެކައުންޓުގައި ޑިޕެންޑެންޓެއްގޮތުގައި އެކުއްޖާ އެޅުމައްފަހުއެވެ.
  • ފޯމު ހުށަހަޅާއިރު އައިޑީކާޑު ނަގަން ބޭނުންވާ ކަލެކްޓިން ސެންޓަރއެއްގެ ގޮތުގައި ބޭނުންވާ ރަށެއް ނެގުން
  • ޑީއެންއާރްއިން ފޯމު ވެރިފައިކުރުމަށްފަހު މައުލޫމާތު ރަނގަޅުނަމަ ފީ ދައްކަން ލިންކު ފޮނުވޭނެ.
  • ފީދެއްކުމުން ކާޑު ތައްޔާރުކޮށް ހިޔާރުކުރައްވާފައިވާ ކަލެކްޓިން ސެންޓަރުން ނެގޭނެ އިންތިޒާމް ހަމަޖެހިގެންދާނެ

މަޢުލޫމާތު ބަދަލުވެގެން އުފަންދުވަހުގެ ސެޓްފިކެޓް އަލުން ހެއްދުމަށް

  • 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގްއިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެ.
  • 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
  • 10 އަހަރުން މަތީ ކުއްޖެއްނަމަ މުއްދަތު ހަމަނުވާ ގާނޫނީ ފޯމް ބޭނުންވާނެ.
  • ކުރިން ހަދާފައިވާ އުފަންދުވަހުގެ ސެޓްފިކެޓްގެ (އަޞްލު) ބޭނުންވާނެ.